މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއަށް ފަހު، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މިކަން ހާމަކުރެއްވީ އިންތިހާބުގެ ވަގުތީ ނަތީޖާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިއަދު ބޭއްވި ކައުންސިލް އިންތިހާބާއި، އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގެ ނަތީޖާ، އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި މި އިންތިހާބުތަކުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.
މިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރައްވާނީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކާ އެއްގޮތަށް ކަމަށެވެ. ރައްޔިތުންގެ ފަރާތުން ލިބުނު މި ނިންމުމަށް ބަލައި، އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.
އުސްފަސްގަނޑު ސްކޭޓް ޕާކް ރައީސް ހުޅުއްވައިދެއްވައިފި ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ 5 މީހަކު ނިޔާވުމުން ރައީސް ތައުޒިޔާ އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރާނަން: ރައީސް އަރަބި ގައުމުތަކަށް ރައީސްގެ ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ