ސްރީލަންކާގެ ނެގަމްބޯ ޖަލުގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 25 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މަރުވި މީހުންގެ ތެރޭގައި ޖަލުގެ ފަސް އޮފިސަރުންނާއި 20 ގައިދީން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަނުޖެހުންތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ ފަރާތްތަކުން މިހާރު ވަނީ ޖަލުގެ ހާލަތު ކޮންޓްރޯލްކޮށްފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ގައިދީންނާއި ޖަލުގެ އޮފިސަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަކާ ގުޅިގެންނެވެ.
އިއްޔެ ވެސް ނެގަމްބޯ ޖަލުގައި ކުރިމަތިލުންތަކެއް ހިނގި އެވެ. އެ ގައުމުގެ ނޫސްތަކުން ބުނީ އެ ހަމަނުޖެހުން ފެށީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށެވެ.
އިއްޔެ މެންދުރު ފަހު ބަންދުގައި ތިބި މީހުންނާއި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި ދެ ގައިދީން މަރުވެ، 38 މީހުން ޒަހަމްވި އެވެ.
މިއަދު މަރުވި މީހުންނާއެކު، ވޭތުވެދިޔަ ދެ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި މި ހާދިސާތަކުގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 80 އަށް ވުރެ އިތުރުވެފަ އެވެ.
ލަންކާ ޖަލުގައި އަނެއްކާވެސް ހަމަނުޖެހުން ހިންގައި 25 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ