މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

ލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ކުރިއަށްގެންދާ ހަރަކާތްތަކަށް މާލެ ސިޓީ ކައުންސިލުން ހިލޭ ޖާގަ ދިނުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ 22 ޖުލައި 2026 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ޢާއްމު ޖަލްސާގައެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ކައުންސިލްތަކުން މާލޭގައި ތިބޭ އެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވާ ހިނދު، ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. މީގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ހުށަހެޅިފައިވާ ކަންކަމުގެ ތެރޭގައި ހަމައެކަނި ޖާގަ ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުން ފާސްވެގެން ދިޔައީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި އައު ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރަށުގެ ތަރައްގީއާއި އެހެނިހެން ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ