ރައްޔިތުންނާއި ބައްދަލުކުރަން ރަށު ކައުންސިލުތަކަށް މާލޭން ހިލޭ ޖާގަ ހަމަޖައްސައިދެނީ

މާލެ ސިޓީގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ އާއްމު ޖަލްސާގަ އެވެ. މިގޮތަށް ނިންމީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީ އެވެ. 
ތަފްސީލް - މިއަދު ކައުންސިލު ބައްދަލުވުމުގައި ނިންމީ:
ރަށު ކައުންސިލްތަކުން މާލޭގައި ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމަށް
، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ހަމަޖައްސައިދިނުން 
މިގޮތަށް ފާސްކުރީ، މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ