ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕްލިކޭޝަން އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ ޑިޖިޓަލް އެސިސްޓަންޓް ’އާޔާ‘ ގެ ޚިދުމަތްތަކަށް މުހިންމު އަޕްޑޭޓްތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކަކީ ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.
މި އާ އަޕްޑޭޓާއެކު ކަސްޓަމަރުން ކުރާ ސުވާލުތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ. އަދި ބޭންކިންގ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ’އާޔާ‘ މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ސީދާ ހޯދުމުގެ ފުރުސަތުވެސް މިހާރު ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ބަދަލުތަކާ ގުޅިގެން، މީގެ ކުރިން ބޭންކުން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މިއީ ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ކަސްޓަމަރުންނަށް އިތުބާރުހުރި އަދި އަވަސް ޚިދުމަތެއް ދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން އަށް އަޕްޑޭޓްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ