ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންގެ މަގާމަށް މިއަދު ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ތިން މީހުން އައްޔަނުކޮށްފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު ވަނީ އައްޔަނުކޮށްފަ އެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހއ.ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު ވަނީ އައްޔަނުކޮށްފަ އެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
އޭގެ އިތުރުން، ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ސ.ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ އެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
ކުންފުނިތަކުގެ ބޯޑަށް އާ ޑިރެކްޓަރުންތަކެއް އައްޔަނުކޮށްފައި މިވަނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ދައުލަތުގެ ކުންފުނިތަކުން ތިން މަސްދުވަހުގެ ތެރޭ 33 ޕަސެންޓު މުވައްޒަފުން މަދުކުރަން ޕީސީބީން ވަނީ ޖުލައި 12، ގައި އަންގާފަ އެވެ.
ތިން އެސްއޯއީއެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ