ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ހިދުމަތް ފޯރުކޮށްދޭ އައިކެއަރ އޮޕްޓިކަލްއިން، މި ހިނގާ ޖުލައި މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.
15 ޖުލައި އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނާއި ލެންސް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދެ ނަންބަރު އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، އެއް ފްރޭމުން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ. އައިކެއަރއިން މައުލޫމާތު ދޭ ގޮތުގައި މި ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތަކަށްވެސް ނެގިދާނެ ފްރޭމެކެވެ. އައިނު އަޅާ ދެކުދިންނަށް، ނުވަތަ މަންމަ އާއި ދަރިފުޅަށް، ދެމަފިރިންނަށް އަދި ރައްޓެސަކާއި އެކުވެސް އައިނު އާކޮށްލެވިދާނެއެވެ. އައިކެއަރގެ އައުޓްލެޓްތަކުގައި ހުރި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ފްރޭމެއްވެސް މި އޮފަރގެ ދަށުން ހިޔާރުކުރެވޭނެއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާއެކު ފްރޭމް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެއެވެ. ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ ދުރުމިނަކުންވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ލެންސެކެވެ.
އައިކެއަރއިން ހާމަކުރި ގޮތުގައި މި ދެ އޮފަރަކީވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ބޭނުންކުރެވޭނެ އޮފަރތަކެކެވެ. އަދި އައިކެއަރ މެންބަރޝިޕްގެ ފައިދާތައްވެސް މި އޮފަރތަކާއެކު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ވެބްސައިޓަށް ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރެއްވުމަށް އައިކެއަރ އިން ވަނީ އެދިފައެވެ.
އައިކެއަރ ޖުލައި އޮފަރ: ދެވަނަ އައިނުން 30 ޕަސެންޓު ޑިސްކައުންޓް، އަދި ޒައިސް ލެންސާއެކު ހިލޭ އަވިއައިނެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ