ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެތީ ސަމާލުވުމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޖަޕާނުގެ ބިންހެލުން މިންކުރާ މިންގަނޑުން ބަލާއިރު، މި ބިންހެލުމުގެ ބާރުމިން ހުރީ އެންމެ މަތީ ދަރަޖަ ކަމަށްވާ 7 ގައެވެ. އެ އިދާރާއިން ބުނާ ގޮތުގައި މި ދަރަޖައިގެ ބިންހެލުމެއް އަންނަ ވަގުތު ކޮަށް ހުރުމަކީވެސް ނުކުރެވޭނެ ކަމެކެވެ. ޖަޕާނު ގަޑިން ހަވީރު 4:30 ހާއިރު އައި މި ބާރުގަދަ ބިންހެލުމަށްފަހު، އެ ސަރަހައްދަށް އިތުރު ލޮޅުންތަކެއް އަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކަށް ބޭނުންވާ ޗިޕް އުފައްދާ ގިނަ ކާރުހާނާތަކެއް ހުންނަ ސަރަހައްދެކެވެ. އެގޮތުން އެޕަލް އަދި އެންވީޑިއާ ފަދަ ކުންފުނިތަކަށް ޗިޕް ފޯރުކޮށްދޭ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޯޕަރޭޝަން (ޓީއެމްއެސްސީ)ގެ ކާރުހާނާއެއް ކުމަމޯޓޯގައި ހިންގަމުންދާއިރު، އިތުރު ކާރުހާނާއެއް ބިނާކުރުމުގެ މަސައްކަތްވެސް އެ ސަރަހައްދުގައި ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ