ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމުގެ ކަންބޮޑުވުންތަކާ އެކު ހޯމް މިނިސްޓަރު އަދި ހެލްތު މިނިސްޓަރާއި 9 ސުވާލެއް ކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހޯމާ މިނިސްޓަރ އަލީ އިހުސާން އަދި ހެލްތު މިނިސްޓަރ ގީލާ އަލީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށްދެއްވުން އެދި ސުވާލު ކުރުމަށެވެ.
މަޖިލީހުގެ ރައީސްއަށް ލިޔުއްވާފައިވާ ސިތީގައި ކުޑޫ ވިދާޅުވީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަކީ ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެކުދިންގެ މަސައްލަހަތު ހިމާޔަތްކޮށް އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް ނަމަވެސް އެ ގާނޫނު ތަންފީޒު ކުރުމުގައި ކަންކަން ގާނޫނުގައިވާ ގޮތަށް ފުރިހަމައަށް ކުރިއަށް ނުދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުޑޫ ވަނީ 9 ނުކުތާއެއް ފާހަގަކުރައްވާފައެވެ.
ވަސީލަތްތައް ގާއިމްވެފައި ނެތުން: ކުޑޫ ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ”ޖުވެނައިލް ޑިޓެންޝަން ސެންޓަރު“ ތަކާއި ”ކުޑަކުދިން ރިހެބިލިޓޭޓްކުރާ މަރުކަޒުތައް“ ގާނޫނުގައިވާ މިންގަނޑަށް އަދިވެސް ފުރިހަމައަށް ގާއިމްކުރެވިފައި ނުވާ ކަމަށެވެ. އަދި މީގެ ސަބަބުން ކުށަކުރާ ކުދިން ބައިތިއްބާނެ އެކަށީގެންވާ މާހައުލެއް ނެތުމުގެ މައްސަލަ ކުރިމަތިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން މެމްބަރު ސުވާލު އުފެއްދެވީ މި ”ޖުވެލައިން ޑިޓެންޝަން ސެންޓަރު“ތައް ތަރައްގީކޮށް ގާއިމްކުރެވޭނީ ކޮން އިރަކުންތޯއެވެ.
ޑައިވާޝަން ޕްރޮގްރާމްތައް ހިންގަމުން ނުދިޔުން: ކުށްކުރާ ކުދިން ޝަރިއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމައުއަށް އަހުލުވެރިވުމަށް ހިންގަންޖެހޭ ”ޑައިވަރޝަން“ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާދާއިރާއެއްގައި ހިންގަމުންނުދާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މަސައްކަތުގެ އަދާ ހަމައަކީ ކޮބައިތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.
ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުން: ކުޑަކުދިންގެ މައްސަލަތައް ބަލާނެ ހާއްސަ ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓަރކުރުމަށް ހުރަސްތަކާ ދިމާވަމުންދާކަން މެމްބަރު ފާހަގަކުރާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް ކުރެވުމުން ދަނީ ކޮން މަސައްކަތެއްތޯ މިނިސްޓަރ ސުވާލު ކުރައްވާފައިވެއެވެ.
ކުޑަކުދިން ބަންދުގައި ބޭތިއްބުމުގެ މައްސަލަ: ގާނޫނު ބުނާގޮތުން ކުޑަކުދިން ބަންދުގައި ބޭތިއްބުމަކީ އެންމެ ފަހުގެ ފިޔަވަޅުކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް މެމްބަރު ވިދާޅުވީ ކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާ ދޭނެ މަރުކަޒުތައް ނެތުމުގެ ސަބަބުން ނުރައްކާތެރި ކުށަޔަކުގައި ހިމެނޭ ކުދިން ގިނަ ދުވަހު ބަންދުގައި ބޭތިއްބުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. އެކަން ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ މެމްބަރު ސުވާލުުއުފައްދާފައިވެއެވެ.
އުމުރު ކަނޑައެޅުމުގެ ގޮންޖެހުންތައް: ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާއި ގުޅިގެން އެއަށްވުރެ ހަގު ކުދިން ކުރާ ކުޑަތަކަށް އެކަށީގެންބާ އިސްލާހީ ފިޔަވަޅު އެޅުމުގައި އިދާރީ އަދި ގާނޫނީ އުނިކަންތައްތަކެއް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްލައަށް ހައްލުހޯދުމަށްޓަކައި ކުރެވެނީ ކޮން މަސައްކަތްތަކެއްތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.
މުވައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަވުން: ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެކި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދލަުކޮށް ވިލަރެސްކުރުމުގައި ލަސްތައް ދިމާވާ ކަމަށާއި އެކަމުން ގާނޫނު ތަންފީޒު ކުރުމަށް ހުރަސްތައް އެޅޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދޭނީ ކިހިނެތް ކަމަާއިމެދު މެމްބަރު ވަނީ ސުވާލު އުފައްދާފައެވެ.
ކުޑަކުދިންގެ ނާޖާއިޒް ފައިދާނަގާ ފަރާތްތަކާއި ދެކޮޅަށް އެޅޭ ފިޔަވަޅުތައް މަދުވުން: ގާނޫނީ ގޮންޖެހުން ތަކެއް ހުރި ކަމަށް ބުނެ ކުޑަކުދިންގެ ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާއި ދެކޮޅަށް އެޅޭ ފިޔަވަޅުތައް މަދުކަމަށް ތަންފީޒީ އިދާރާތަކުން ގާނޫނުތަކަށް މަޖިލީހުން ބަދަލު ގެނެސްދީފައިވާއިރު އެފަދަ ފަރާތްތަކާއި ދެކޮޅަށް އަދިވެސް ފިޔަވަޅޫ އެޅޭލެއް މަދު ކަމަށް މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ނާޖާއިޒްފައިދާ ނަގާ ފަރާތްތަކާއި މެދު އަޅާ ފިޔވަޅުތައް އިތުރުވެއްޖެތޯ މެމްބަރު ވަނީ ސުވާލު އުފައްދާފައެވެ.
ގާނޫނު ތަންފީޒުކުރުމުގެ މަގްސަދުގައި އުފައްދާފައިވާ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ދައުރު އަދި އެހެން ގާނޫނުތަކާއި ފުށުއެުމުގެ ފުރުސަތާއި ގުޅިގެން މެމްބަރު ވަނީ ސުވާލު ހުށައަޅުއްވާފައެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި 9 ކަންބޮޑުވުމެއް މަޖިލީހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ