ޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި މިކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ