ދިރާގުޕޭ އާއި ޝީޝާއިން ހޮންޑާ އެއާބްލޭޑް 125 ސައިކަލެއް ދެނީ

ދިރާގު ފިންޓެކާއި ޝީޝާ ގުޅިގެން، ހޮންޑާ އެއާބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގައި، ދިރާގުޕޭ މިހާރު ވެސް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް އަންނަ ޑިސެމްބަރުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން، ދިރާގުޕޭ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާ އެކު، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއާބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، ޝީޝާ އިން ހަދިޔާ ކުރާ ސައިކަލެކެވެ.
މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރުދުވަހަށް %15ގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ހިދުމަތްތަކާ އެކު، ސައިކަލަށް ބޭނުންވާ ސްޕެއާ ޕާޓްސް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާ އެކު ލިބެން ހުންނާނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއަ-ޓު-ޕިއަ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ