މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނީ މާދަމާ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މާލޭގެ ނިކަގަސް މަގު، ގުމްރީ ގޯޅި އަދި ޗާންދަނީ މަގު ހިމެނޭ ސަރަހައްދުން މާދަމާ 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުން އެކަށީގެންވާ ތަންތަނާއި ވަގުތު ސްޓެލްކޯއިން ކުރީ ބައިން އަންގާކަން ފާހަގަކޮށްލެވެއެވެ.
އެވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ