އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

މަރުގެ ހުކުމް ތަންފީޒު ކުުރުމުގެ މައްސަލާ ގައި މައުމޫނާއި ރާއްޖޭގައި ދެން ތިއްބެވި ގިނަ އިލްމުވެރީންނާއި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ. މައުމޫނަކީ ވެސް ވަރަށް ބޮޑު އިލްމުވެެރި އެކެވެ.
އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ދެކޮޅަށް މީގެ ކުރީން ވެސް އެތައް ފަަހަރަކު ރައީސް މައުމޫން ވާހަކަ ދައްކަވާފައިވެ އެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި މައުމޫން މިއަދު ވެސް ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.މައުމޫން އެފަދަ ޓްވީޓެއް ކުރެއްވީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އާޒިމާ ޝަކޫރު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ. އެކަމަނާ އަކީ ވަރަށް ތައުލީމީ ބޭފުޅެކެވެ. އާޒިމާ ރޭ ވިދާޅުވީ ޑްރަގު އެތެރެ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށެވެ.މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. މަރުގެ ހުކުމް ތަންފީޒު މައްސަލާގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،" އިހްސާން ވިދާޅުވި އެވެ.
ސަރުކާރުން އެކަން ހާމަކުރި ދުވަހު ވެސް މައުމޫން ވަނީ އެ ނިންމުމާ ދެކޮޅު ހައްދަވާފައެވެ. އެ ދުވަހު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.މަރުގެ ހުކުމް ތަންފީޒު ކުުރުމުގެ މައްސަލާ ގައި މައުމޫނާއި ރާއްޖޭގައި ދެން ތިއްބެވި ގިނަ އިލްމުވެރީންނާއި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ. މައުމޫނަކީ ވެސް ވަރަށް ބޮޑު އިލްމުވެެރި އެކެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާ ގައި މައުމޫން ދައްކަވާ ވާހަކަތަކާއި ގެންގުޅުއްވާ ވިސްނުންފުޅަށް އިލްމުވެރީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ.މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެއީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރެވެ. މިހާރު މި އޮތީ އެ ޕާޓީ ބައިވެރިވާ ދެވަނަ ސަރުކާރެއް އުފެދިފައެވެ.ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެރިކަމުގައި ހުންނަވާ ކިތަންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ވެސް ހެއްދެވި އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެކަން ކުރެވިފައެއް ނުވެއެވެ.އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިހާރުވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަ ތިއްބެވެ. ތިން މީހަކު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ވަނީ ހުކުމް ކޮށްފައެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ