ފުވައްމުލައް އާ އިންޖީނުގެ: ޕްލޭން ވަރަށް ސަޅި، ރައްޔިތުންގެ އުއްމީދަކީ އަވަހަށް މަސައްކަތް ފެށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދައިފި މަގުބޫލު ލިޔުންތައް 15 އަހަރުގެ ޝާޔަންގެ ބަދަލުވި ހަޔާތް، ކަކުލަށް ލިބުނު އަނިޔާގެ ވޭނާއި ހިތާމަ، އެދެނީ ދިލަތި

މި ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ މިއީ ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހުމާއެކު، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރައްވާ ކަމެއް ކަމަށެވެ.
އެ އޮތޯރިޓީން ބުނީ މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައިކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރައްވާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމެނުމަށް ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ