މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު އިތުރަށް މޫސުން ގޯސްވެ 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް (ރީނދޫ ސަމާލު) ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 18:00 އާއޮ ހަމައަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރަށްވުރެ ކުދި އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެކެވެ.
50 މޭލަށް ވައި ގަދަވާނެތީ ޔެލޯ އެލާޓްނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ