ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އަބްދުﷲ ދީދީ

ހައިކޯޓްގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އިން މިއަަދު ހަމަޖައްސައިފި އެވެ.
ޖޭއެސްސީ އިން ބުނީ އަބްދުﷲ ދީދީ އެ މަގާމަށް ހަމަޖައްސަން ނިންމީ، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާ ދޭ ކޮމިޓީ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންޓަވިއުކޮށް މާކްސްދީ އަދި އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަރުދާސްތައް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް ނިންމީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އެކޯޓްގެ އިސް ފަނޑިޔާރަކަށް ބޭފުޅަކު ހަޖައްސަން ޖެހުނީ، އެ ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމުންނެވެ. އެ ކޯޓްގައި ނުވަ ފަނޑިޔާރުން ތިއްބަވާ އިރު މިހާރު ތިބީ އަށް ފަނޑިޔާރެކެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފެއްދި ހައިކޯޓްގެ ދެ ގޮތްޕަށް ފަނޑިޔާރުން ބަދަލު ކުރުމުން އިތުރު ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ