ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭނެ ކަމަށް ޑިޕާޓްމެނޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓާއި އެކުޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހުއްދަވެފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވާތީ ޑީ.ޖޭ.އޭ އިން ވަނީ އެކަމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެން ޖެހޭ ބައެއް ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަކީ ޤަވާއިދުން އުވާލި ބާބުގައި މަނާކޮށްފައިވާ ކަމެއް ނޫންކަމުގައެވެ. ޝަރުއީ ދާއިރގެ މުވައްޒަފުންގެ "އިންޕާޝަލިޓީ" އާއި ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުން އައު ކޯޑް އޮފް ކޮންޑަކްޓުން މަނާވާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫންވެސް އިޖުތިމާއީ ހަރަކާތްތައް ހިމެނޭ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޑީޖޭއޭއިން ބުނީ އައު ކޯޑު އޮފް ކޮންޑަކްޓުގެ މަގްސަދަކީ ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރާއި އިހްތިރާމް ދެމެހެއްޓުން ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ކަމެއް ނޫން ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވެވޭނެ: ޑީޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ