ކުއްލި ހަބަރު: ފޮނަދޫ ދާއިރާގެ ހުރިހާ ފޮށްޓެއްގެ ވޯޓު އަލުން ގުނައިދިނުމަށް އެދިއްޖެ

ހައްދުންމަތީ ފޮނަދޫ ދާއިރާގެ ރައްޔިތުން ވޯޓުލީ ހުރިހާ ވޯޓު ފޮށްޓެއްގެ ވޯޓު އަލުން ގުނައި ދިނުމަށް އެދި މައްސަލައެއް އިލެކްޝަން ކޮމިޝަންއަށް ވައްދައިފިއެވެ.
"ޖަޒީރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ.
ފޮނަދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެދާއިރާގެ ގޮނޑި ހަނި ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި މޫސާ ސިރާޖެވެ. 
މޫސާ ސިރާޖަށް އެ ދާއިރާގެ ގޮނޑި ލިބިފައިވަނީ އެދާއިރާގެ މިހާރުގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ  ބަލިކުރެއްވުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ