އަމިއްލައަށް ގަޑިއެއް އުފައްދައިގެން ސްކޫލަށް އެ ގެންދިއުމުން ހައްޔަރުކުރި އެމެރިކާގެ ޓެކްސަސްގެ އުމުރުން 14 އަހަރުގެ އަޙުމަދު މުޙައްމަދު އޭނާ ތައުލީމު ހާސިލްކުރަމުން އައި މެކްއާތަރ ހައިސްކޫލުން ވަކިވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އަހުމަދުގެ ބައްޕަ މުހައްމަދު ބުނީ އަހްމަދު އެސްކޫލުން ވަކި ކުރީ އެސްކޫލަށް ދިއުމަށް އަހްމަދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އަދި އަހްމަދު ވައްދާނެ އެހެން ސްކޫލަކާއި ދޭތެރޭ ވިސްނަމުންދާ ކަމަށްވެސް އަހުމަދުގެ ބައްޕަ ބުނެއެވެ.
އަދި މީގެ އިތުރުން މިކަމުގެ ސަބަބުން އަހުމަދުގެ އުފާވެރި ދިރިއުޅުމަށް ބަދަލު އައިސްފައިވާ ކަމަށްވެސް އަހުމަދުގެ ބައްޕަ ބުނެއެވެ.
އަހުމަދުގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަށް ސްކޫލުން ސަސްޕެންޑްކޮށްފައެވެ. އޭނާ ސްކޫލުން ވަކިވެފައިވަނީ ސަސްޕެންޝަނުގައި ހުރި ދުވަސްތަކުގައެވެ.
އަމިއްލައަށް ގަޑިއެއް ހަދައިގެން ޓީޗަރަށް ދެއްކުމަށްޓަކައި ސްކޫލަށް ގެންދިއުމުން އަޙުމަދާއި މެދު އޭނާގެ ސްކޫލުން ކަންތައް ކޮށްފައިވަނީ ބޭއިންސާފުންކަން ފާހަގަކޮށް ގިނަބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ފިޔަވަޅު އެޅި ފަރާތްތަކާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އަޙުމަދަށް ތަޢުރީފް ކޮއްފައެވެ.
މަޝްހޫރު ސޮފްޓްވެއާ އަދި ޓެކްނޮލޮޖީސް ކުންފުނި މައިކްރޮސޮފްޓްގެ ފަރާތުންވަނީ އަހްމަދަށް އަގުބޮޑެތި ހަދިޔާތަކެއް ދީފައެެވެ.
މައިކްރޮސޮފްޓުން އަޙުމަދަށް ދީފައިވާ ބައެއް ހަދިޔާތަކުގެ ތެރޭގައި މައިކްރޮސޮފްޓު ސާފެސް ޕްރޯ 3 އަކާއި މައިކްރޮސޮފްޓު ބޭންޑަކާއި ކިއުބް 3ޑީ ޕްރިންޓަރެއް ހިމެނެއެވެ.
މިކަމާ ގުޅިގެން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކައުންސިލްގެ ޑިރެކްޓަރު އާލިއާ ސަލީމް ވަނީ އުވާވެފައި ހުރި އަޙްމަދް މައިކްރޮސޮފްޓުން ލިބުނު ހަދިޔާތަކާއިއެކު ނަގާފއިވާ ފޮޓޯއެއް ޓްވީޓް ކޮއްފައެވެ. މި ޓްވީޓަށް މައިކޮރޮސޮފްޓުން ރިޕްލައިކޮށް ބުނެފައި ވަނީ، އެ ކުންފުނިން ހަދިޔާކުރި ތަކެތި ބޭނުންކޮށްގެން އަހްމަދު ދެން އުފައްދާނެ އެއްޗެއް ބެލުމަށް އެކުންފުނިން ކެތްމަދުވެފއި ތިބި ކަމަށެވެ.
އަޙްމަދު ވައިޓްހައުސްއަށް އައުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދައުވަތު އަރުވާފައިވާ އިރު ފޭސްބުކްއަށް އައުމުގެ ދަޢުވަތުވެސް، ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް ވަނީ އޭނާއަށް ދީފައެވެ. މީގެ އިތުރުން ނާސާ، މައިކްރޮސޮފްޓް، ޓްވިޓަރ، ގޫގްލްގެ އިތުރުން ހިލަރީ ކްލިންޓަންވެސް ވަނީ އޭނާއަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ގަޑި ހަދައިގެން ހައްޔަރުކުރި އަހުމަދު ސްކޫލުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ