ބަޖެޓުގެ 15 ޕަސެންޓު ހޭދަވާނީ ޗައިނާގެ ދަރަނި ދައްކަން: ނަޝީދު

ދިވެހި ދައުލަތުގެ ބަޖެޓުގެ 15 ޕަސެންޓް ހޭދަކުރަންޖެހޭނީ ޗައިނާގެ ދަރަނި ދައްކަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިއާ ތިންކްޓޭންކް އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ މާ ބޮޑު އަގެއްގައި ކަމަށާއި އެ މަސައްކަތުގެ އަގު އަދާކުރުމަށް ދިވެހި ދައުލަތުގެ ބަޖެޓުން 15 ޕަސެންޓް ހޭދަކުރަންޖެހޭނެ ކަމަށެވެ. "އެމީހުން ރާއްޖެ އައީ، އައިސް ޕްރޮޖެކްޓުތައް ހިންގާފަ ބިލު ކުރީ. ބޮޑު ވެގެން މިއުޅެނީ ލޯނު އިންޓްރެސްޓެއް ނޫން. ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔަ އަގު. މިހާރު އަނބުރާ ދައްކަން އެބަޖެހޭ މަސައްކަތުގެ އަގާ އެއްކޮށް އިންޓްރެސްޓު،" ކުރީގެ ރައީސް ވިދާޅުވީ 2020 އިން ފެށިގެން ދައުލަތުގެ ބަޖެޓުގެ 15 ޕަސެންޓް ހޭދަކުރަންޖެހޭނީ ޗައިނާ އަށް ދަރަނި ދައްކަން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް ޗައިނާ އާއެކު މަޝްވަރާކޮށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނޫންނަމަ ރާއްޖޭގެ ތަރައްގިގެ މަޝްރޫއުތައް މަޑުޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގާތްް ގުޅުމާ ގުޅޭގޮތުންވެސް ނަޝީދު ވަނީ އެ ޕްރެސްގައި ވާހަކަ ދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި އޮންނަ ގުޅުން އެހެން ގައުމަކާއެކު ގުޅުން ބަދަހިކުރުމަށް ހީނަރު ނުކުރެވޭނެ ކަމަށެވެ. ކުރިގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއެކު ގުޅުން ބަދަހި ކުރިނަމަވެސް، އިންޑިއާ އާއެކު ރާއްޖެއިން ބާއްވާ ގުޅުން ހީނަރު ނުވާނޭކަން ޗައިނާ އިން ދަންނަން ޖެހޭނެ ކަމަށެވެ. އިންޑިއާ ކަނޑަށް އަތްގަދަކުރުމަށް ޗައިނާ އިން ކުރާ މަސައްކަތަށް ނިމުން އަންނާނީ އޭރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ