ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގިނަ ބޭފުޅުންނަށް ފެންނަނީ ވެރިކަމާއި ވަޒީރުކަން ހޯދަން ވީމާ ކަމަށާއި، އޭގެ ފަހުން އެއްވެސް މީހަކު ގާސިމް އިބްރާހިމް މަތިން ހަނދާން ނުހުންނަކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިއަދުވަނީ ގާސިމް އިބްރާހިމަށް ތާއީދުކުރައްވާ ޓްވީޓުތަކެއް ކުރައްވާފައެވެ. ނިހާންގެ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމަކީ، ބޮޑުތަކުރުފާނުފަދައިން މި ދިވެހި ބިމާ ފަސްގަނޑުދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ބަޔަކަށް މިކަން ނޭގޭނަމަ ދެން ދައްކާނެ ވާހަކައެއް ނެތް،" ނިހާން ވިދާޅުވިއެވެ.
ނިހާން މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގާސިމް އިބްރާހިމާއި ދެމެދު ވަނީ ހޫނު ބަހުސެއް ހިނގާފައެވެ. މި ބަހުސުގައި ގާސިމް ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކު ސަރުކާރުގެ މަގާމުގެ ދިފާއުގައި ޖޭޕީން ކެނޑޭ ނަމަ އެންމެ ފުރަތަމަ ޖޭޕީ ސްލޮޓުގައި ލިބިފައިވާ ސަރުކާރު ވަޒީފާއިން އިސްތުވާ ދެއްވަންޖެހޭނެކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލާއި މެމްމަބަރުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވަނީ ޖުމްހޫރީ ޕާޓީން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 32 ކެނޑިޑޭޓަކަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ތާއީދު ކުރުމަށް ނިންމުމާގުޅިގެންނެވެ.
ބައެއް މީހުންނަށް ގާސިމް ފެންނަނީ ވެރިކަމާ ވަޒީރުކަން ހޯދަންވީމަ: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ