މަހުޖަނުންނަށް ކޮރަޕްޝަން ހުއްޓުވޭނަމަ ޑްރަގް ވިޔަފާރި ހުއްޓުވަން އެމީހުންނަށް ފުލުސް އޮފީސް ދޭންވީ: ޝަހީދު

މަހުޖަނުންނަށް ބާރުތައް ދީގެން ކޮރަޕްޝަން ހުއްޓުވޭނަމަ ޑްރަގް ވިޔަފާރި ހުއްޓުވަން އެވިޔަފާރިކުރާ މީހުންނަށް ފުލުސް އޮފީސް ދޭންވީ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ، މަހުޖަނުންނަށް ރައްޔިތުންގެ މަޖިލިސް ދީގެން ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ މަޖިލީހަށް މަހުޖަނުން ހޮވައިފި ނަމަ ރިޝްވަތު ނަގައިިގެން ނުވަތަ ވިކިގެން ނުދާނެ ކަމަށެވެ.
''މުއްސަނދިންނޭ މަހުޖަނުންނޭ މިލިޔަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިޔަނަރުން ތިބެންވީ އެތަންތާގައި. އޭރުން އެ ވިދާޅުވާ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ