ނިލަންދޫ ކަރަންޓް ނެޓްވާރކް ސަރވޭކުރަން ފެނަކައިގެ ޓީމެއް އަތުވެއްޖެ

ނިލަންދޫއަށް
ދިމާވެފައިވާ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމުގެ ގޮތުން ނިލަންދޫގައި އަޅާފައިވާ ކަރަންޓް
ކޭބަލް ނެޓްވާރކް ސަރވޭކުރުމަށް ފެނަކައިގެ ޓީމެއް ނިލަންދޫގައި
ޙަރަކާތްތެރިވަމުން އެބަ ގެންދަވައެވެ. ފެނަކައިގެ ފަރާތުން ސަރވޭކުރުމަށް
ނިލަންދޫއަށް ވަޑައިގެންނެވި ބޭފުޅުން ނިލަންދޫ ރަށު ކައުންސިލަރުންނާއި މިއަދު ކައުންސިލް
އިދާރާގައި ބައްދަލުކުރައްވައި ނެޓްވާރކާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް
ހޯއްދަވާފައިވެއެވެ.
ނިލަންދޫގެ
ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ
ސަރުކާރުން ނިލަންދޫއަށް 1 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވާއިރު އިތުރު 800
ކިލޯވޮޓްސްގެ ޖަނަރޭޓަރެއް ގަތުމަށް އިޢުލާންކޮށްފައިވެއެވެ.
ނަމަވެސް
ކޭބަލް ނެޓްވާރކްގެ ޙާލަތު ރަނގަޅުކުރެވިގެން ނޫނީ އެކަށީގެންވާ ގޮތުގައި ރަށުގެ
އެކި ހިސާބުތަކަށް ކަރަންޓް ފޯރުކޮށްދިމުގައި އަދިވެސް
ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ