ރައީސް ޞާލިހުގެ އަގު ވައްޓާލަން މަޖިލިސް ރައީސް ދަނީ މަސައްކަތް ކުރަމުން - އުމަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަގު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު މިހެން ވިދާޅުވީ ޗެނެލް ތޭރައިން ގެނެސްދިން ވަމުންދާ ގޮތް ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއު އެއްގައެއެވެ. އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިންދީ ބަހުން ދެއްވި ތަޤްރީރާ ގުޅިގެން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މަޖިލިހުގެ ތެރެއިން ނިންމާ ކަންތައްތަކަކީ މަޖިލިހުގެ ރައީސްގެ ނިންވެމުންތައް ކަމަށާ އެމަނިކުފާނުގެ ބައެއް ނިންމެވުންތަކަކީ ރައީސް ޞާލިޙްގެ އަގުވައްޓާލަން ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ.އުމަރު ވިދާޅުވީ، ޤައުމެއް އަޅުވެތިކުރަން އެހެން ޤައުމަކުން ގަދަވެ ގަންނާނީ ތިން ކަމެއްގެ މައްޗަށް ކަމަށާ ރާއްޖޭގެ އެކަންކަމުގެ މައްޗަށް އިންޑިއާއިން މިހާރު ގަދަވަމުން އަންނަ މަންޒަރު ފެނަން ފަށައިފި ކަމަށެވެ. ރައީސް ޞާލިޙް އަގު ވައްޓާލަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް އުމަރު ވިދާޅުވެފައިވާއިރު، ރައީސް ޞޯލިޙާއި ރައީސް ނަޝީދާ ދެމެދު ފަހަކަށް އައިސް ބައެއް ފަހަރު ވަނީ ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތައްވެސް ރައްދުކޮށްފައެވެ.އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދާމާގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ