ބަޣާވާތް ކުރެއްވިނަމަ ކުރެއްވީ ރައީސް ނަޝީދު: ގާސިމް
ބަޣާވަތް ކުރެއްވިނަމަ ބަޣާވާތެއް ކުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވި އިރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާ ގުޅިގެން ފެބްރުއަރީ ހަތް ވަަނަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދެއްވި އެވެ. އެމްޑީޕީން އެއީ ބަޣާވާތެއްކަމަށް ސިފަކުރަމުންދާއިރު، އެ ކަންތައް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. އެމްޑީޕީ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ދެންވެސް ސަރުކާރު ބަޣާވާތަކުން ވައްޓާލާނެ ކަމަށެވެ. މިރޭ ޖުމްހޫރީ ޕާޓީ އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ބަގާވާތެއް ބަޔަކު ކުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބަގާވާތެއް ކުރި ނަމަ ކުރީ ރައީސް ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަތް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު މީހުންގެ ބޮލުގައު ބަދުނާމް އަޅުވަނީ ކަމަށް ގާސިލް ވިދާޅުވިއެވެ. "ބަގާވަތް ކުރެއްވިއްޔާވެސް ކުރެއްވީ ރައީސް ނަޝީދު. ރައީސް ނަޝީދަށް ސަރުކާރެއް ހިންގަން ނޭނގިގެން، އަމިއްލަ އަށް އައްދޯ ކިޔާ، މުސާރަ ދޭނެ ގޮތް ނޭނގިގެން. އަސްލު ހަގީގަތަކީ އެއީ. އޭނަ [ރައީސް ނަޝިދު] އަމިއްލަ އަށް އެ ގަނޑުގަނެފަ އެގޮތަށް ނިންމާލެއްވީ. އެހެން މީހުންގެ ބޮލުގަ ބަދުނާމު އަޅުވަނީ،" ރައީސް ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި އިރު އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވިއެވެ. ތަފްސީލު އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ