ހަވީރު ނޫހުގެ މުވައްޒަފުން އެހެން މީޑިޔާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށްކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފި

ހަވީރު ނޫހުގެ މުވައްޒަފުން އެހެން މީޑިޔާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށްކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފިއެވެ. މިމައްސލައަކީ 2016 ވަނައަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. ސިވިލް ކޯޓްގެ ޙުކުމުގައިވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހެޅި ތާރީޚުން 03 ފެބުރުއަރީ 2016 ން ފެށިގެން މީލާދީ 2 އަހަރުން ދުވަހަށް ހަވީރު ނޫހާއި ގުޅުންހުރި ވިޔަފާރިތައް ފިޔަވައި އެހެން މީޑިއާއެއްގައި ބައިވެރިވުން ހުއްދަނުވާކަމެއްކަމުގައެވެ. ނަމަވެސް ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އެފަދަ އެއްބަސްވުމެއްނެތި އެގޮތަށް އެކަން ނުކުރެވޭނެކަމަށެވެ. އަދި ދަށުކޯޓުން ކޮށްފައިވާ ޙުކުމުގައި އެފަރާތުގެ އެއްބަސްވުމުގައި އެފަދަ ޝަރުތެއް އޮތްތޯނުވަތަ ނެތްތޯ ބެލުމެއްނެތިއެވެ. އަދި ދަޢުވާ ކުރާ ފަރާތުން އެފަދަ އަމުރަކަށް އެދިފައިނުވާ ހާލުގައެވެ. އެހެންވެ އެގޮތަށް އެހެންތަނެއްގައި މަސައްކަތް ނުކުރުމަށް މަދަނީ ކޯޓުން އަމުރު ނެރުއްވީ ކޮން ސަބަބެއްގެ މައްޗަށް ބިނާކޮށްގެންކަންވެސް ނޭގޭ ކަމަށެވެ. އަދި އަދުލު އިންސާފުގެ ހަމަތަކަށް ފިފަދަ މައްސަލަތައް ޝަރީޢަތުން ނިންމުމުގެ ކުރިން އެމީހެއްގެ ބަސް އަޑުއެހުމަކީ ކުރަންޖެހޭނެކަމެއްކަމަށެވެ. ހަވީރު ނޫހަކީ ވަރަށް ދުވަސްވީ ނޫހަކަށްވެފައި ކުއްލިއަކަށް އެފަދަ ނޫހެއް ހުއްޓުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުގެ ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ. ޚައްސަކޮށް ދުވަސްވީ ލިޔެކިޔުންތައް ހޯދުމަށް ދަތިތަކާއި ކުރިމަތިވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަވީރު ނޫހުގެ ގިނަބަޔަކު މިހާރު އެހެން މީޑިއާތަކުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ