ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ހައްޔަރުކޮށްފިއެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި މެންބަރު އަމިތު އާއި މެންބަރު އަބްދުﷲ ހައްޔަރުކޮށްފައިވަނީ ޖަޒީރާ ކެމްޕެއިންގައި ގދ. ގައްދޫގައި ދޮރުން ދޮރަށް ހިންގަވަމުން ދަނިކޮށް އެސްއޯ ފުލުހުންނެވެ. މެންބަރު އަމިތު އާއި މެންބަރު އަބްދުﷲ ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައެވެ.
އެ ދެ މެންބަރުން ހައްޔަރުކޮށްފައި މިވަނީ ރައީސް ޔާމީން ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅޫގައި ގައްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މެންބަރު އަމިތު އާއި އަބްދުﷲ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ