"ކައުރީ" އިން ނިރު ހެކަތަން 2018 ކާމިޔާބުކޮށްފި

މާލީ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެ ފިނޭންޝަލް ޕްލެޓްފޯމް ކަމަށްވާ ކައުރީ، އުރީދޫގެ ނިރު ހެކަތަން ކާމިޔާބުކޮށް، އިތުރު ތިން ޓީމަކާއި އެކު ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޯލްޑަން ޓިކެޓް ހޯދައިފިއެވެ.ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވަނީ:- ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.- ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.- ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.- ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއިޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.އުރީދޫއިން ބުނީ ނިރު އެކްސެލެރޭޓަރއަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށޭނަ ޕްލެޓްފޯމެއް ކަމަށެވެ. އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމްތަކަށް ސީޑް ފަންޑިންގް އާއި 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމަކާއި މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސްގެ އިތުރުން ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތަކާއި ތަޖުރިބާކާރުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް އުރީދުއިން ބުނެއެވެ.ހަމައެއާއެކު ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި ނިރު އެކްސެލެރޭޓަރު ފުރިހަމަ ކުރުމަށް ފަހުވެސް، ދިގު މުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ އެ ފޯރިގަދަ 24 ގަޑިއިރުގެ ހެކަތަންގައި، ހަ ޓީމެއް ބައިވެރިވެ، ޑިޖިޓަލް ވިޔަފާރިތަކުގެ ކޮށްސެޕްޓް ވަނީ ހުށަހަޅާފައެވެ. މި ޓީމްތަކުގެ ވިޔަފާރީގެ ޚިޔާލުތައް އިތުރަށް ފައްކާކޮށް، ޕްރޮޓޯޓައިޕް ހެދުމުގައި އުރީދޫ، އައިޑިއާމާޓް އަދި އެލައިޑްގެ މެންޓަރުންގެ އެހީވަނީ ފޯރުކޮށްދީފައެވެ. ހެކަތަންގައި ބައިވެރިވި ޓީމްތަކުން އެކްސެލެރޭޓާރގައި ބައިވެރިވުމަށް ޓީމްތައް ހޮވާފައިވަނީ ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ކޮމިޓީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ