ފަސޭހަ ކަމާއެކު މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިޔަށްގެންދާ އިންޓަސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރެހެން ކުދިން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ވޮލީގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލުން އަންގާރަ ދުވަހު ކުޅުނު މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ގޮއިދޫ އިން ގެންދިޔައީ 15-25 ން ނެވެ. ދެވަނަ ސެޓް 11-25 ން ހޯދި އިރު ފަހު ސެޓް އެޓީމުން ހޯދީ 18-25 ން ނެވެ.
މި މުބާރާތުގައި ވާދަކުރި ގޮއިދޫ ސްކޫލުގެ 16 އަހަރުން ދަށުގެ އަންހެން ޓީމުވެސް ވަނީ ޗެމްޕިއަންކަން ހޯދައި ތަށި މިލްކުވެސް ކޮށްފަ އެވެ. އެ ޓީމުން ތަށި ގެންދިޔައީ ފައިނަލުގައި ރޭ އަހްމަދިއްޔާ ސްކޫލު 3-1 ސެޓުން ބަލިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ