މެމްބަރު ޝާޑު މިނިސްޓަރ އިރުތިޝާމް އާއި ކައިވެނި ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި މިއަދު ކައިވެނި ބައްލަވައިގެންފިއެވެ.
ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ، މިއަދު ހަވީރު ހޮޓެލް ޖެންގައެވެ.
މިއީ މިނިސްޓަރު އިރުތިޝާމްގެ އަލަތު ކައިވެންޏަށް ވާއިރު، ޝާޑު މީގެ ކުރިން ކައިވެންޏެއް ބައްލަވައިގެންފައިވެއެވެ. އަދި އެ ކައިވެންޏަށް ތިން ކުދިންވެސް ލިބިފައިވެއެވެ.
މިއީ ފަހުގެ ތާރީހެއްގައި ވަޒީރަކާއި މަޖިލިސް މެމްބަރެއް ކައިވެނި ބައްލަވައިގަތް ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ