ކްރިމިނަލް ކޯޓަށް ހުށަހެޅެމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ހުއްޓާލާފައިވާތީ، ސުޕްރީމް ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް އެންގުމެއް އަންގާފައިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެންގުމުގައި އަންގަވާފައިވަނީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ޤާނޫނުގެ ޙުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ، ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވިޔަނުދީ ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެމުންގެންދާ ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތުމުން ކްރިމިނަލް ކޯޓުގެ ހުރިހާ ޝަރީއަތްތައް ހުއްޓާލައި އެ ކޯޓަށް މައްސަލަ ބަލައިގަތުން މަޑުޖައްސާލަން ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ނިންމާފައެވެ.
ކްރިމިނަލް ކޯޓުގެ މައްސަލަތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ