ކޮވިޑް-19އާއި ގުޅިގެން އާންމުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޖުވެނައިލް ކޯޓުން މަސައްކަތް ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ޖުވެނައިލް ކޯޓުން ބުނީ އެކި އެލާޓް ލެވެލްގައި އެކި މަސައްކަތްތައް ކުރާނެ އެކި އުސޫލުތައް ކަނޑައަޅާފައިވާކަމަށެވެ.
ޖުވެނައިލް ކޯޓުން ބުނީ، އެކި އެލާޓް ލެވެލްތަކުގަައިވެސް، ގާޒީން ގޭގައި ތިއްބަވައިގެން އަމުރު ނެރުމާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމުރަށް އެދުމުގައި އީމެއިލް މެދުވެރިކޮށް ކޯޓަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އޮރެންޖް އެލާޓުގައި ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކުގައި ތުހުމަތުކުރެވޭ ކުއްޖާ ހުރީ ޖަލު ބަންދުގައިނަމަ، ޕޮލިސް ނުވަތަ މޮލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރުމުގެ އިންތިޒާމް ހަމޖައްސާފައިވާނެކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި ރެޑް އެލާޓުގެ ހާލަތުގައި، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްނަމަ، ބަންދާއިމެދު ގޮތެއް ނިންމުމުގެ ކުރިން ބެލެނިވެރިޔާއާއި، ދިފާއީ ވަކީލާއި، ކުއްޖާއާއެކު އޯޑިޔޯ ނުވަތަ ވީޑިޔޯ މެދުވެރިކޮށް ވާހަކަ ދެއްކޭނެ ކަމަށެވެ.
ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގައި، ޕިޖީ ވަކީލު އެދޭނަމަ، ޕީޖީ އޮފީހުގައި ހުރެގެން ވީޑިޔޯ ލިންކް މެދުވެރިކޮށް، އިބްތިދާއީ އަޑުއެހުމާއި، ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެ އިތުރަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްނަމަ، ކުއްޖާ ގަބޫލުނަމަ، ބަންދުގައި ހުރި ތަނުގައި ހުރެގެން ވީޑިޔޯ ލިންކް މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހެކިދޭ މީހުންނަކީ ޕޮލިސް ސާވިސްގެ މުވައްޒަފުން ކަމުގައިވާނަމަ، އޮފީހުގައި ތިބެގެން ޝަރީއަތުގެ މަޖިލީހުގަިއ ބައިވެރިވެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ސަރުކާރު ބަންދުކޮށްފައިވީނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ބޭއްވުމާއި ތަހުގީގު މަރުހަލާގައި ކޯޓުން ނެރެދޭންޖެހޭ އަމުރުތައް ނެރެދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޖުވެނައިލް ކޯޓުން މަސައްކަތް ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ