ރާއްޖެ އައުން މަނާކޮށްފައި ނުވާ ޤައުމަކުން ނުވަތަ ސަރަހައްދަކުން މީހަކު ރާއްޖެ އައި ނަމަވެސް ދިވެއްސަކު ނަމަ 14 ދުވަސްވަންދެން ގޭގައި އެކަހެރިކޮށް މަޑުކުރަން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެމެރިކާއިން ރާއްޖެއަށް މީހުންނަށް ނާދެވޭ ގޮތަށް ކަނޑައަޅައި މިއަދު ނެރުނު އިއުލާނުގައެވެ.
އެޗްޕީއޭއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އަވަށްޓެރި ޤައުމުތަކުން އަންނަ މީހުން ވީއްލިފައި ތިއްބައި އެމީހުންގެ ކިބައިން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެނިގެން ޓެސްޓްކުރެވެމުންދާ ވަގުތެއްގައެވެ.
ބޭރު ޤައުމުތަކުން ދިވެހިރާއްޖެ އެތެރެވާ ދިވެހީން ކަރަންޓީނު ކުރުމަށް އެންގުން pic.twitter.com/iqfQ5paGhe
— HPA Maldives (@HPA_MV) March 18, 2020
މަނާކޮށްފައި ނުވާ ސަރަހައްދަކުން ރާއްޖެ އައި ނަމަވެސް ސާދަ ދުވަހު ގޭގަ ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ