މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މަޖީދިއްޔާ ސްކޫލު ސަރަހައްދުގެ ވައި ތަގައްޔަރުވެފައި ވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކައިފި އެވެ.
އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ސަރަހައްދު މޮނީޓާ ކޮށްފައިވާ ކަމަށާއި ހުރިހާ މާއްދާތައް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެންމެ ކައިރި ސްކޫލް، މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަނީ ދުމުގެ އަސަރުކޮށް އުދަނގޫ ވާ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.
ޝަކުވާތަކާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޔެ އެ ސްކޫލުގެ ކިޔެވުން ބަންދު ވެސް ކޮށްފަ އެވެ.
އީޕީއޭ އިން ވަނީ ތިން ޕޮލިއުޓެންޓެއްގެ ޓެސްޓުތައް ހަދާފަ އެވެ. އެއީ ނައިޓްރޮޖެން ޑައިއޮކްސައިޑް އާއި (ޕާޓިކިއުލޭޓް މެޓާ) ޕީއެމް 2.5 އަދި ޕީއެމް 1. އެކެވެ.
ނައިޓްރޮޖެން ޑައިއޮކްސައިޑް 0.056 އިންސައްތައިގައި ހުރި އިރު ޕީއެމް 2.5 ހުރީ 0.03 އިންސައްތައިގަ އެވެ. ޕީއެމް 10 ހުރީ 0.006 އިންސައްތައިގަ އެވެ.
ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް އިމާރާތެއްގައި ރޯވެ އެކަކު ނިޔާވެފައި ވެއެވެ.
މަޖީދިއްޔާ ސްކޫލު ސަރަހައްދުގެ ވައި ތަގައްޔަރު ނުވާ ކަމަށް ދިރާސާއިން ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ