ޕާޓީ މަސްލަހަތަަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވައި ކޯލިޝަން ރޫޅުނަ ނުދިނުމަށް މަސައްކަތް ކުރުމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮވެރިކަމެއް ގާއިމްކޮށް، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ދިނުމަށް ކަމަށެވެ. Alhugan’dumen 4 party gulhigen coalition eh ufedhdhee insaafuveri heyo verikameh qaaim koh rayyithunge ummeedhu thah haasilu koh dhinumah. Veemaa alhugan’dumen emmen ves party maslahathah vure qawmee maslahathu iskurumah alhugan’du nuhanu ikhlaas theri kamaa eku govaalan.— Maumoon Abdul Gayoom (@maumoonagayoom) January 19, 2019
"ވީމާ އަޅުގަނޑުމެން އެއްމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލަން" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ކޯލިޝަން ރޫޅޫނަ ނުދީ ބޭއްވުމަކީ އެންމެންގެ ގައުމީ ވާޖިބެއް ކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. Coalition varugadha koh roolhuna nudhee dhemehettumakee alhugan’dumen emmenge qawmee waajibeh. Mikamugai Izzaiytheri RJ @ibusolih aai 4 leaderunge mas-ooliyyathu varah bodu.— Maumoon Abdul Gayoom (@maumoonagayoom) January 19, 2019
މީގެ އިތުރަށް ރައީސް މައުމޫނު ވަނީ ރައީސް މުހައްމަދު ނަޝީދު އެމންޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ. Congratulations President @MohamedNasheed and other candidates who achieved victory in yesterday’s MDP primaries. Let us all work together to ensure peace and stability in Maldives.— Maumoon Abdul Gayoom (@maumoonagayoom) January 19, 2019
ރައީސް މައުމޫނު މިގޮތަށް އެދިލައްވާފައި ވަނީ ކޯލިޝަނުގެ އެއް ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކޮށްފައި ވަނިކޮށެވެ.
ޕާޓީއަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވާ، ކޯލިޝަން ރޫޅިގެން ނުވާނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ