މިރޭވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން މާލޭގެ އެކި ހިސާބުތަކުން މިރޭވެސް ކަރަންޓް ކެނޑިއްޖެ އެވެ. މާލެއިން ކަރަންޓް ކެނޑުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ކަރަންޓް ކެނޑިފައި ވަނީ، މައްޗަންގޮޅި އާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން އެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް ވަރަށް ގިނަ ސަރަހައްދުތަކަށް މިހާރުވެސް ކަރަންޓް ދީފައިވާ ކަމަށެވެ. އަދި މިއަދު ކަރަންޓް ދިޔައީ އިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ