ކޯލިޝަން ރޫޅާލުމަށްފަހު ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްދު ދެއްވައިފިއެވެ
މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ކޯލިޝަނުގައި އެންމެ ފަހު މީހާއަށް ދާންދެން ދެމި ހުންނާނެކަމަށެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހަކު ކުރުވަން ބޭނުންވާ ކަމެއް ނުވުމުން ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށެވެ. އަދި އެ ހިތްހަމަނުޖެހުންތަކުގެ ތެރެއިން މީހުންގެ ޝަހުސިއްޔަތު ކަތިލުމަށް ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކުރާނެކަން އޮޅިވަޑައިގެންފައިނުވާކަމަށް ގާސިމް ވިދާޅުވިއެވެ
"މޭވާ ނެތް ގަހަކަށް ގަޅިއެއް ނުއުކާނެ. ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ" ގާސިމް ވިދާޅުވިއެވެ.މީގެ އިތުރުން ގާސިމް ވިދާޅުވީ ގައުމު ހަލާކު ކުރުމަށް، ފަނާ ކުރުމަށް، ފަސާދަ ކުރުމަށް ކުރާ މަސައްކަތަށް ކާމިޔާބެއް ނުލިބޭނެކަން 23 ސެޕްޓެމްބަރުގައި ރައްޔަތުން ސާބިތުކޮށްދީފައިވާކަމަށެވެ. "
މޭވާ ނެތް ގަހަކަށް ގަޅިއެއް ނުއުކާނެ:ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ