ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރަން އެންމެ މަތިން މާކްސް ލިބުނީ އާމިރާއަށް

28 ނޮވެމްބަރު 2018 އަށް ހުސްވާ ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން  މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވި ނަންފުޅުތަކުގެ ތެރެއިން އެންމެ މަތިން މާސްކް ހޯއްދެވީ ސ ފޭދޫ ކުމުންޒާނިގެ ފާތިމަތު އާމިރާއެވެ.
ސީއެޗްސީގައި ޕްރިސިޕަލްކަމާއި އެޑިޔުކޭޝަންގެ ގިނަ މަގާމްތައް ފުރުއްވާފައިވާ އާމިރާ އެންމެ މަތިން މާކްސް ހޯއްދަވާފައިވާއިރު، އޭނާ އަށް ލިބިވަޑައިގެންފައިވަނީ 89 ޕަސެންޓް މާކްސްއެވެ.
  ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރަކު ހޮވުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވި ގޮތުގެ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީގެ މަރްހަލާއިން ފާސްވީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުން ކަމަށެވެ. 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ ތިން ބޭފުޅަކަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ:
ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރަކު ހޮވުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނު ކުރުމުން  22 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 14 ބޭފުޅުންނެވެ. 14 ބޭފުޅުންނަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިންޓަރވިއުއަށް ދެންނެވުމުން އެއް ބޭފުޅަކުވަނީ ނަން އަބުރާ ގެންދަވާފައެވެ. އެހެންކަމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އިންޓަރވިއުކޮށްފައިވަނީ 13 ބޭފުޅުންނާއެވެ.
ކޮމިޓީގެ ތެރެއިން މާރކްސް ދިނުމަށް ކަނޑައެޅުނު އޮނިގަޑުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތައުލީމް އާއި ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ އަދި އިންޓަރވިއުގެ މަރްހަލާގައި މާރކްސް ހޯދި ގޮތަށެވެ.
ސީއެސްސީ އަށް މެމްބަރަކު އައްޔަން މި ކުރަނީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މުއްދަތު މި މަހު ފަހުކޮޅު ހަމަވާތީ އެވެ.
އެހެން މިނިވަން މުއައްސަސާތަކާ ތަފާތުކޮށް، ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސްޖުލްމްހޫރިއްޔާގެ ދައުރެއް ނޯވެ އެވެ. ސީއެސްސީ އަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ