ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ވަނަ ދުވަހު ހަވީރު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތު މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު 17:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ޓްރާންސިޝަނަލް ކޮމެޓީގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދަނީ ރައްޔިޔިތުންގެ މަޖިލީހުން ކަމުގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގެ ޖަލްސާ ގަލޮޅު ދަނޑުގައި ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު 17:00 ގައި ބޭއްވުމަށް ނިންމާފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ހުވާ ކުރުމުގެ ރަސްމިއްޔާތު އާއްމުކޮށް ހުޅުވާލުމަށް ކުރިން ނިންމާފައިވީ ނަމަވެސް ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކަށް ވުމުން ސަލާމަކީ ކަންކަމާއި އެހެން ސަބަބު ތަކާއި ގުޅިގެން ހުވާކުރުމުގެ ރަސްމިއްޔާތުން އާއްމުކޮށް ހުޅުވާ ނުލުމަށް ނިންމާފައިވާ ކަމުގައެވެ.
މީގެ އިތުރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭނީ ދައުވަތު އެރުވޭ ފަރާތްތަކަށް ކަމަށާއި ދައުވަތު އެރުވޭ ފަރާތްތަކުން މެންދުރު ފަހު 15:00 އިން ފެށިގެން ގަލޮޅު ދަނޑަށް ވައްދަން ފަށާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ