އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ބަހަކީ އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ދައުވާ ސާބިތު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާ ސާބިތު ކުރަން އަށް ލިޔުމެއް ހުށަހެޅި އިރު، އޭގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތަށް ހުށަހެޅި ބިޑްތަކުގެ މައުލޫމާތު ހިމެނޭ ލިޔުންތަކުގެ އިތުރުން އެ މަސައްކަތް ހަވާލުކުރި އެމް7 ކުންފުންޏާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުމެކެވެ.
އަޑު އެހުމުގައި ސިއްރު ލިޔުންތަކާއި ހެކިވެރިންތަކެއް ހުށަހެޅުމުން، ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސިއްރު ހެކިވެރިންނާ މެދު ގޮތެއް ނިންމަވާނީ އެކަމާ މެދު ބަހުސް ކުރުމަށް ފަހު ކަމަށެވެ.
ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ