ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަތައް ބަލަން ފަށައިފިން: އުމަރު

މީޑިއާ އިދާރާތަކަށާއި ނޫސްވެރިންނަށް އިންޒާކޮށް ބިރުދައްކާ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށާއި މީޑިއާ އިދާރާތަކަށް ހަމަލާދީ ބިރު ދައްކާތީ ކަންބޮޑުވުން ފާޅުކޮށް، މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކޮށް ރޭ ނޫސްވެރިން އެކަންކަން ހިއްސާކޮށްފައި ވަނިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނަނީ އިއްޔެ މިނިވަން ނިއުސްއަށް ދިން ގެއްލުމާ ގުޅިގެން އެކަން ރިޕޯޓް ކުރުމުން އެހެން ބައެއް ނޫސްވެރިންނަށާއި މިޑިއާ އިދާރާތަކަށް ވެސް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށާއި އެކަންކަން ގުޅިފައިވަނީ ގޭންގް ހަރަކާތަކާ ކަމަށް ފެންނަ ކަމަށެވެ.
ބަޔާނުގައި ނޫސްވެރިންނަށް ބިރުދެއްކުމާއި އިންޒާރު ކުރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހޯމް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ކުށްކުރުމުގެ މާހައުލަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
"... ދިވެހި ރާއްޖޭގައި އުފެދިފައިވާ ކުށްކުރުމުގެ މާހައުލަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ