އަމިއްލަ ރަށުގެ ސްކޫލް ގޮއްވާލަން ރާވާ ހިސާބަށް ދިޔުމަކީ ބިރުވެރިކަމެއް - ވަހީދު

މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ބުނެފައި ވަނިކޮށް މުޙައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި އެތައް އާއިލާއެއްގެ އެތައް ސަތޭކަ ބަޔަކު ހަނގުރާމައަށް ގޮސް އެތައްބަޔަކު މަރުވެގޮސްފި ކަމަށާއި އެކަމަކު މިއިންކަމެއްގެ ވާހަކަ ދެއްކުންވެސް ބިރުވެރި ކަމަކަށް ވެފައިއޮތުން އެއީ ‏މައްސަލައިގެ ނުރައްކާތެރިކަން މުޅި މުޖްތަމަޢަށް ފެތުރި އާއްމުވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. މުޙައްމަދު ވަހީދު އިތުރަށް ވިދާޅުވެފައިވަނީ، މިއީ ތިމަރަފުށީ ދެތިން ކުއްޖަކާ އައްޑޫ ސިޓީގައި އެކަހެރިވެގެން އުޅޭ ކުދިންކޮޅެއްގެ އެކަނި ކަމެއްނޫން ކަމަށާއި މާބޮޑަށް ރޭވިގެން، އެހެން ކިތަންމެ ބަޔަކު ޝާމިލްވެގެން ހިންގާ އަނދިރި ހަރަކާތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ