ހިޔާ ފުލެޓް ސަރަހައްދުގައި ދެ ޕްރީ ސްކޫލް އަޅަން އެސްޖޭ އަށް، ނިންމަން ހަ މަސް

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
އެޗްޑީސީން މިއަދު ބުނީ، ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ދެ ޕްރީ ސްކޫލް އަޅާނީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ކަމަށެވެ.
އެ ދެ ޕްރޮޖެކްޓް އެސްޖޭއަށް ހަވާލުކުރި އަގެއް ހާމައެއް ނުކުރެ އެވެ. އަދި މިއީ ކިތައް ކުދީންގެ ޖާގައިގެ ޕްރީ ސްކޫލެއް ކަމެއްވެސް ނޭނގެ އެވެ.
އެޗްޑީސީން މިިދިޔަ ޖަނަވަރީ މަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން، 22،019 އަކަފޫޓުގެ ބިމެއްގައި އަޅަން ހަވާލުކުރާ އެ ޕްރީ ސްކޫލަށް 27 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ.
ހުޅުމާލޭގައި މިހާރު ވެސް ސަރުކާރުގެ ޕްރީ ސްކޫލެއް ހިންގަ އެވެ. އެއީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރާ ހަވާލުކުރި މުހައްމަދު ގާސިމް ޕްރީ ސްކޫލެވެ.
އެ ސްކޫލް ހިންގުމާ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ސަރުކާރުން ހަވާލުވި ނަމަވެސް، ސްކޫލުގައި ކިޔަވައިދޭން ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ