މާލޭގައި ހިންގާ ޑުރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޑުރަގާ ދެކޮޅަށް ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓް (ޑީއީޑީ) އިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހަރަކާތުގައި ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލައި އިރު، މާލޭގައި ހިންގާ ޑުރަގް ކެފޭތަކުން އާންމުކޮށް 1،118 ދިވެހިން ހިދުމަތް ހޯދަ އެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ޑުރަގުން ސަލާމަތްވުމުގެ ފަރުވާއިން ވަކިކޮށްފައިވާ މީހުންނެވެ. އެފަދަ 305 މީހަކު ހިމެނެ އެވެ. ދެން އެންމެ ގިނައިން ހިމެނެނީ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް އަމުރު ކޮށްފައިވާ 217 މީހަކާއި ދެ ވަނަ ހުކުމެއް އައިސްފައިވާ 141 މީހުންނެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލައި އިރު، ޑުރަގް ކެފޭތަކުން ހިދުމަތް ހޯދާ ދިވެހީންގެ ތެރޭގައި، ހޯމްލެސް ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ނެތި، މަގުމަތިވެފައިވާ 63 ދިވެހިން އަދި ބަންގްލަދޭޝްގެ ހަތަރު މީހަކު ހިމެނެ އެވެ. އަދި ޑުރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު އުޅެ އެވެ. އެއީ
ޝާކިރު އިތުރަށް ވިދާޅުވީ، ޑުރަގް ކެފޭތަކުން 65 އަންހެނަކާއި އުމުރުން 50 އަހަރުން މަތީގެ 56 މީހެއް އަދި 14 ކުޑަކުއްޖަކުވެސް ހިދުމަތް ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޝާކިރު ވިދާޅުވި ގޮތުގައި 2015-2021ގެ ނިޔަލަށް ޑްރަގް ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި ބަނގުރާ ވިއްކައި، ވިޔަފާރި ކުރުމުގައި 525 ބިދޭސީއަކު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑުރަގް އައްޑާތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،118 ދިވެހީން، 14 ކުޑަކުދީން ހިމެނޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ