ހާފިޒުކަމުގެ ސަނަދު ހޯދާ ކޮންމެ މީހަކަށް ތޮއްޑޫ ކައުންސިލުން ބައި ލައްކަ ރުފިޔާ ދެނީ

އއ. ތޮއްޑޫ ރައްޔިތުންގެ ތެރެއިން ހާފިޒުކަމުގެ ސަނަދު ހޯދާ ކޮންމެ މީހަކަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން އެރަށު ކައުންސިލުން ނިންމައިފި އެވެ.
އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ކެމްޕެއިން ވައުދާ އެއްގޮތަށް އެ ފައިސާ ދޭން ނިންމީ ތޮއްޑޫ ކައުންސިލުން ހުސްވި މާޗު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ތިން މެމްބަރުންގެ އިއްތިފާގުންނެވެ.
އެގޮތުން ތަރައްގީގެ ޕްލޭންގައިވާ ގޮތުގެ މަތިން ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތޮއްޑުގެ ކޮންމެ ރައްޔިތަކަށްވެސް، ޖުމުލަ 50،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އެ ފައިސާގެ ތެރެއިން 25،000 ރުފިޔާ ދޭނީ ކައުންސިލްގެ ރައީސް ކަރަމްގެ އަމިއްލަ ޖީބުންނެވެ. ބާކީބައި ހަމަޖައްސާނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ