ޞިއްޙީ ދާއިރާގެ ކަންކަމަށް ހޭލުންތެރިކުރުވުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް އިތުރުކޮށްފި

ރާއްޖޭގެ ޞިއްޙީ ދާއިރާއިން މުވައްޒިފުންނާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ހެލްތް މިނިސްޓްރީއަށް ހަމަޖައްސައިދީފިއެވެ.
ހެލްތް މިނިސްޓްރީގައި މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި އެންސީއައިޓީ އާއި ހެލްތް މިނިސްޓްރީ އަދި އެލްޖީއޭ އިން ވަނީ ސޮއިކޮށްފައެވެ.
އެންސީއައިޓީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޝްމަލީ ވިދާޅުވީ މިއީ ކުރިންސުރެވެސް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށާއި މިކަމަށް ޚަރަދުކުރަނީ ސާކު ޑިވޮލޮޕްމަންޓު ފަންޑުން ލިބިފައިވާ ފައިސާ ކަމަށެވެ.
އަޝްމަލީ ވިދާޅުވީ މިއެހީ ފޯރުކޮށްދިނީ މިހާރު ފެތުރެމުންދާ ޑެންގޫއަށް ހޭލުންތެރި ކުރުވުމަށާއި އަދި އުމުރާ ދަތުރުތަކަށްފަހު ފެތުރޭ ރޯގާތަކަށް ޞިއްޙީ މުވައްޒިފުންނާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މމައުލުމާތު ފަދަ މައުލުމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.
އެލްޖީއޭ އިން ބުނީ އެއިދާރާގެ 50 އީސެންޓަރު މިހާރުވެސް ރާއްޖޭގެ 50 ރަށެއްގައި އެބަހުރި ކަމަށާއި މަސައްކަތްކުރަނީ ވީހައި ގިނަ ރަށެއްގައި އީސެންޓަރުތަކުގެ ޚިދުމަތް ދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ