ގއ. ގެމަނަފުށީގައި ޒިނޭ ކުރި ކަމަށް އިއުތިރާފްވީ އަންހެނަކު ރަޖަމްކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ެގެމަނަފުށި ކޯޓުން ރަޖަމްކުރަން މިއަދު ހުކުމްކުރީ އެރަށު އޯޝަންރީޑް އައިޝަތު ލަތީފާ އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ގެމަނަފުށީ ކޯޓުން މި މައްސަލައިގެ ޝަރީއަތް ހިންގާ މައްސަލަ ނިންމާފައިވަނީ މިބާވަތުގެ މައްސަލަތައް ބަލާ ޝަރީއަތް ކުރުމަށް ކަނޑައެޅިފައިވާ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާއ ހިލާފަށް ކަމަށްވާތީވެ ގެމަނަފުށި ކޯޓުގެ ހުކުމް ބާތިލްކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލައިގެ ހުރިހާ ލިޔެކިޔުމެއް މާދަމާ މެންދުރު 12:00 ޖެހުމުގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށްވެސް ގެމަނަފުށި ކޯޓަށް އަމުރުކޮށްފައިވެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ ޒިނޭގެ މި މައްސަލާގައި އާ ގާނޫނުލް އުގޫބާތުގެ ދަށުން އަންހެން މީހާ ރަޖަމް ކުރަން ހުކުމް ނުކުރެވޭނެ ކަމަށެވެ.
ބަދު އަހުލާގީ އަމަލު ހިންގުމާއި ޒިނޭގެ މައްސަލަތަކުގައި ރާއްޖޭގައި އާންމުކޮށް ހުކުމްކުރަނީ ހައްދު ޖެހުމަށެވެ. މިއީ މިފަަދަ މައްސަލައެއްގައި މިފަހަކަށް އައިސް ރާއްޖޭގައި މީހަކު ރަޖަމްކުރުމަށް ހުކުމްކުރި ފުރަތަމަ ފަހަރެވެ.
އަންހެނަކު ރަޖަމްކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ