ހަވީރު ނޫސް ހުއްޓާލަން ޙުކުމްކުރި ކަމަށް ބައެއް މީޑިއާތަކުން ހާމަކުރާތީ އިންފޮމޭޝަން ކޮމިޝަނަރ ކަންބޮޑުވެވަޑެންފި

ރާއްޖޭގައި ނެރޭ އެންމެ ދުވަސްވީ ނޫސް ކަމަށްވާ ހަވީރު ނޫސް ނެރުން ހުއްޓާލަން ސިވިލް ކޯޓުން އަމުރުކޮށްފިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފަތުރަމުން ގެންދާތީ އިންފޮރމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާާލް އަބޫބަކުރު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ޢަބްދުލްޢަޒީޒް މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އަމުރަށް ބައްލަވާއިރު ހަވީރު ނޫސް ހުއްޓައިލަން ނުވަތަ ނުނެރެން ކޯޓުން އަމުރުކޮށްފައި ނުވާއިރު އެފަދަ އަމުރެއް ނެރެފިކަމަށް ބުނެ މައުލޫމާތު ހާމަކުރުމަކީ ޞައްޙަ ނޫން މައުލޫމާތެއް ފެތުރުން ކަމަށެވެ. އަދި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ސިވިލްކޯޓުގެ އަމުރުގައި ވަނީ "...ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ހަވީރު ނޫހާއި، ހަވީރު ނޫސް އެޖެންސީއަށް ނިޞްބަތްވާ އެކައުންޓުތަކުން ދައުވާ ކުރާ އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤް ޙަސަންގެ ބައިވެރިވުން އޮވެގެން ނޫން ގޮތެއްގައި ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އަދި ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ހިންގުމުގައި ދައުވާކުރާ ފަރާތްތަކުގެ ބައިވެރިވުން ނެތް ގޮތެއްގައި ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ނުހިންގުމަށް ހެންވޭރު ނީލްވިލާ / މާލެ މުޙައްމަދު ޡާހިރު ޙުސައިން އަށް އަންގައި، އަމުރުކޮށްފީމެވެ." މިފަދައިންނެވެ.
ޢަބްދުލްޢަޒީޒް ވިދާޅުވީ މިހައި ސާފުކޮށް އެނގެން އޮތް ހުކުމަކާއި ގުޅިގެން ހުކުމުގެ މުޅި މަފްހޫމް އޮޅޭގޮތަށް ޚަބަރުތައް ހާމަކުރަމުން ގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކާއި ހަވާލާދީ ބޭރުގެ ބޭރުގެ ބައެއް ނޫސްތަކުގައި ވެސް ހާމަކޮށްފައިވަަނީ ހަވީރު ނޫސް ނެރުން ހުއްޓާލަން ސިވިލް ކޯޓުން އަމުރުކޮށްފި ކަމަށެވެ.
ހަވީރު ނޫހަކީ ރާއްޖޭގައި މެދު ނުކެނޑި ނެރޭތާ އެންމެ ގިނަ ދުވަސްވީ ނޫހެވެ. އަދި އެންމެ ގިނަ ބައަކު ވަޒީފާ އަދާކުރާ ނޫހެވެ.
ސިވިލްކޯޓުގެ ޙުކުމް
http://www.civilcourt.gov.mv/vaguthee_amuru_2016/B3-CR3-VA-2016-03.pdf
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ