ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 50,000ރ. ލިބުމުގެ ފުރުސަތު!

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ފައިނޭންޝަލް އެކްސްޕޯ 2026" އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަރަށް ހާއްސަ އިނާމެއް ހުޅުވާލައިފި އެވެ. 
އެމްއައިބީގެ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50,000 ރ. ފައިސާގެ އިނާމެއް ލިބޭނެ އެވެ.
މި އިނާމު ހޯދުމުގެ ފުރުސަތު ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ؛
އެމްއެމްއޭގެ މީޑިއާ އޮފިޝަލް ބުނީ މި އިނާމު ލިބުމުގެ ފުރުސަތު އެކްސްޕޯ ހުޅުވި ދުވަހުން ފެށިގެން މިރޭ 10:00 އާ ހަމައަށް ޒިޔާރަތްކުރާ އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ. 
"މިރޭ ނަސީބުވެރިޔަކު ވެސް ހޮވާނެ. އަދިވެސް މި އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ބުންޏެވެ. 
އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ މުހިންމު ފުރުސަތުތައް:
މިިއީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އާންމުންނަށް ލިބެން ހުރި މާލީ ފުރުސަތުތަކާ ގާތުން ރައްޓެހިކޮށްދިނުމަށް ބާއްވާ ހާއްސަ އެކްސްޕޯއެކެވެ.
ފައިސާގެ އިނާމުގެ އިތުރުން، އެކްސްޕޯގައި ހުންނަ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ