ގާސިމް މިނިވަން ކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް ކަރެކްޝަނަލް ސާވިސް އިން މިނިވަންކޮށްފިއެވެ.
ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމްގައިވަނީ އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ގާސިމް ވަނީ އިއްވި ހުކުމަށްވުރެ ގިނަ ދުވަސްވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ. އެހެންކަމުން އޭނާ ވަނީ މިނިވަންކޮށްފައެވެ.
ގާސިމްގެ މައްޗަށް ހުކުމް ކުރީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު ކްރިމިނަލް ކޯޓުގައި ބޭއްވި ސިއްރު އަދުއެހުމެއްގައެވެ.
ގާސިމްގެ މައްޗަށް ސާބިތުވެފައިވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށާއި އެމައުލޫމާތު އާންމުކުރުމުގެ ކުށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ